ދެއިރު ދެގޮތަށް ވާހަކަ ނުދައްކާނަން، ހުންނާނީ ރައީސް މުއިއްޒާއެކު ތެދުވެރިކަމާއެކު: މަޖިލިސް ރައީސް

Advertisement

އެންމެ ފަސް

Advertisement

ލ. ފޮނަދޫގެ ރައްޔިތުންނަކީ އެކި ދުވަހު އެކި ގޮތަށް އެކި ތަންތަނުގައި އެކި ވާހަކަތައް ދައްކަމުން ދާނެ ބައެއް ނޫން ކަމަށާއި ފޮނަދޫ ރައްޔިތުން ތިބޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާއި ތެދުވެރިކަމާއެކުކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫ ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒަށް އަބަދުވެސް ފެންނާނީ އިހުލާސްތެރިކަމާއި ތެދުވެރިކަން ކަމަށެވެ. އަދި ހިޔާލު ތަފާތުވުމެއް ރައްޔިތުންގެ ތެރޭގައި ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން ތިބޭނީ އެ ތިބި ގޮތެއްގައި ސާބިތުވެގެން. އެކި ދުވަހު އެކި ގޮތަށް އެކި ތަންތަނުގައި އެކި ވާހަކަ ދައްކަމުންނެއް އަޅުގަނޑުމެން ނުދާނެ.

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާ ފޮނަދޫ ރައްޔިތުން ހަވާލު ކުރި މަސްއޫލިއްޔަތު އަދާ ކުރައްވާނީ އެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް އެނގިގެން ކަމަށެވެ.

ފޮނަދޫގެ ތަރައްގީއަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން ފޮނަދޫގެ ރައްޔިތުންނަށް އަބްދުއްރަހީމް ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ. ފޮނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ