އެސްބީއައި އިން ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ސްކޫލުތަކުގެ ޓީޗަރުންގެ ޝަކުވާ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމާ ގުޅިގެން ސްކޫލުތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފަށައިފި އެވެ.

އެސްބީއައި މެދުވެރިކޮށް ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވޭ އިރު، މިހާރު އެ އަދަދު ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެމިޓަންސް ރޭޓް ދަށްކުރުމުން، ދިވެހި ރުފިޔާއިން މުސާރަ ލިބޭ އިންޑިއާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ދާދިފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފްކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް މަޝްވަރާތައް ކުރަމުންދާ ކަމަށް ހައިކޮމިޝަނުން ހާމަކޮށްފައިވެ އެވެ.

މި ކަންބޮޑުވުމަށް ހައްލެއް ލިބެންދެން، ރެމިޓެންސް ޕްލޭން ކުރުމާއި ޑޮލަރުން މުސާރަ ދޭން އެދުމަށާއި، އެސްބީއައި އަދި އިންޑިއާ ސަރުކާރުން އެކަމާ ގުޅިގެން ހިއްސާ ކުރާ މައުލޫމާތުތައް ގަވާއިދުން ހޯދައި ބެލުމަށް ހައިކޮމިޝަނުން ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ