ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބާ ޓާމިނަލްގެ އޮޕަރޭޝަންތައް އާ ޓާމިނަލްގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފި އެވެ.

10،380 އަކަމީޓަރުގެ މި އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މަޢުލޫމާތު ދެއްވިގޮތުގައި، ބާ ޓާމިނަލްގެ އޮޕަރޭޝަންތައް ބަދަލުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އާ ރަންވޭގައި ކޯޑް ސީ މަތިންދާބޯޓުތައް ޖެއްސުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ރަންވޭއަށް ކްލިއަރަންސް ހޯދުމަށް ބާ ޓާމިނަލް ނަގައި އެ ސަރަހައްދު ހުސްކުރަން ޖެހުމެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކޮށް، އައު ޓާމިނަލް ބޭނުންކުރަން ފެށުން | ފޮޓޯ: އެމްއޭސީއެލް

136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ގެ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އާ ޓާމިނަލްގެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ ދަތުރުތަކަށް ކަމަށާއި، މަތީ ފަންގިފިލާ ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. މި ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ.

މިހާރު ކުރިއަށްދަނީ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމަންޓް ޓެސްޓުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތަކެވެ. އަދި ގައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ޓާމިނަލް ތައްޔާރުވެފައިވޭތޯ ބެލުމަށް އޮޕަރޭޓް ޕްރޮސެސްވެސް ކުރިއަށްދެއެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކޮށް، އައު ޓާމިނަލް ބޭނުންކުރަން ފެށުން | ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގައި 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނެ އެވެ. އަދި އޭ320 އަދި ބޮއިން 737 މާރުކާގެ މަތިންދާބޯޓުތަކަށް ބޭނުންކުރެވޭ ގޮތަށް އޭރޯ ބްރިޖަކާއެކު ޓާމިނަލް ތަރައްޤީކުރެވެމުންދެ އެވެ.

ހދ. ހަނިމާދޫ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އެމްއޭސީއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ