ކޮމަންޑޫ އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލް އާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ށ. ކޮމަންޑޫގައި ގާއިމްކުރާ އެއާޕޯޓު ތަރައްގީކޮށް ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެއާޕޯޓު ތަރައްގީކުރުމާއި ހިންގުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއާޕޯޓު އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދު ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ އިތުރުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އަދި ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ފެށިގެން ދިޔަ ކޮމަންޑޫ އެއާޕޯޓުގެ މަޝްރޫއުއަށް އަލިއަޅުއްވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ މި އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މި މަޝްރޫއުއަށް ބޭނުންވާ 48.8 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ހަލުވި ކަމާއެކު ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.

ށ. ކޮމަންޑޫ އެމްއޭސީއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ