މިލަންދޫ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ށ. މިލަންދޫ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކޮށްފައިވަނީ، މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެވެ. އެގޮތުން، މިލަންދޫގެ ރައްޔިތުންނާައި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތު ކުރުމުގެ ނިޒާމު އޮތްގޮތުން އެރަށުގައި އެއަރޕޯޓް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމައެއް ކަމަށެވެ.

”އެރަށުގައި އެއަރޕޯޓް އަޅާނެެ ގޮތާއި އެޅެންއޮތް ގޮތާ ރަށުގެ ބިން އެންމެ ހެޔޮ ގޮތުގަ ބޭންުން ހިފޭނެ ގޮތާއި މި ހުރިހާ ކަމަކަށް ސަރުކާރުން ކަމާބެހޭ ފަރާތްތަކުން ބައްލަވައި ހައްދަވައިފަ މިގޮތަށް މި ނިންމީ.“

މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ވަނީ، މިލަންދޫ ވޮލީ ކޯޓާއި، މިލަންދޫ ފުޓްސަލް ދަނޑު ވެސް ހުޅުއްވައިދެއްވައިފަ އެވެ.

ށ. މިލަންދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ