ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީ އިންބުނީ މި ދަތުރުފުޅަކީ މިސްރުގެ ފޮރިން މިނިސްޓަރ ޑރ. ބަދްރު ޢަބްދުލްލަތީގެ ދައުވަތަކަށް މިނިސްޓަރ ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި މިސްރުގެ ޑރ. ބަދްރު ޢަބްދުލްލަތީ އާ ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެގައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.
މީގެ އިތުރުން ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިސްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.
މިނިސްޓަރގެ މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މިސްރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް