ޓްރެފިކް އެކްސިޑެންޓެއްގައި ގަތަރުގެ ޑިޕްލޮމެޓުންތަކެއް މަރުވުމުން ރާއްޖެއިން ތައުޒިޔާ ކިޔައިފި

Advertisement

އެންމެ ފަސް

Advertisement

މިޞްރުގެ ޝަރަމް އައް-ޝައިޚްގެ ކައިރީގައި ހިނގި ޓްރެފިކް ހާދިސާއެއްގައި ޤަޠަރުގެ ޑިޕްލޮމެޓުންތަކެއް މަރުވުމާ ގުޅިގެން ދިވެހި ސަރުކާރުން ތައުޒިޔާ ކިޔައިފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ހާދިސާގައި ގަތަރުގެ ބައެއް ޑިޕްލޮމެޓުން ނިޔާވެ ބައެއް ފަރާތްތަކަށް އަނިޔާވެފައިވާތީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޤަޠަރުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފަ އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ މި ހިތާމަވެރި ވަގުތުގައި ދިވެހިރާއްޖެ ވާނީ ޤަޠަރުގެ ރައްޔިތުންނާއެކުގައި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާގައި ގަތަރުގެ 3 ޑިޕްލޮމެޓުން މަރުވެފައިވެ އެވެ. އަދި އިތުރު 2 މީހަކަށް އަނިޔާވެފައިވެ އެވެ. މި ވަފުދަކީ ޣައްޒާގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދިޔަ ވަފުދެއްކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސައުދު ބިން ތަމަރު އަލް ތާނީ، އަބްދުالله ޣަނޭމް އަލް ޚަޔާރީން، އަދި ހަސަން ޖާބަރު އަލް ޖާބަރެވެ. އެ އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ އަބްދުﷲ އީސާ އަލް ކުވާރީ އާއި މުހައްމަދު އަބްދުލްއަޒީޒް އަލް ބުއައިނައިން އެވެ.

މިސްރުން ބުނީ މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ހަށިގަނޑު މިއަދު ގަތަރުގެ ފްލައިޓެއްގައި ދޯހާއަށް ފޮނުވާނެ ކަމަށާއި، މިހާރު ޝަރުމް އެލް ޝެއިޚް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ޒަޚަމްވި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާކަމަށެވެ.

ރާއްޖެ - ގަތަރް މިސްރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގައްޒާ ގަތަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ