ކޮމަންޑޫ އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ށ. ކޮމަންޑޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި، މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމެވެ. އެތިއޮން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު އަބްދުﷲ އެވެ.

މި މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓަކީ 30 ޓަނުގެ ޕްލާންޓެކެވެ. މީގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއްވެސް މި މަޝްރޫޢުގެ ދަށުން ގާއިމްކުރެވޭނެ އެވެ. މި ވަސީލަތްތައް ގާއިމްކުރެވުމުން، އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ އެވެ.

”މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަމުންދާ އައިސްޕްލާންޓްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާނެ،“ ވަޒީރު ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ އައިސްޕްލާންޓް މަޝްރޫޢުތައް ފުރިހަމަވުމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބި، މަސްވެރިންގެ މަސައްކަތަށް ފަހިކަން ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ށ. ކޮމަންޑޫ މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ