ހުޅުމާލެ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާތްރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީއެއް ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ހޮސްޕިޓަލުން އާތްރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީގެ ޚިދުމަތް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ފަށައިފި އެވެ.

މި ސަރޖަރީ ކުރެވިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުންނެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި، މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީއެއް ލިބިގެންދާނެ އެވެ. އަދި މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އައިޖީއެމްއެޗުން ވަނީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ލޮލުގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދޭ ހާއްސަ ފަރުވާގެ ޚިދުމަތް ފަށައިފަ އެވެ. މި ފަރުވާއަކީ 37 ހަފުތާއަށް ވުރެ ކުރިން ވިހާ ކުދިންނަށް އަވަހަށް ދޭންޖެހޭ ހާއްސަ ފަރުވާއެކެވެ.

އައިޖީއެމްއެޗްގެ އެންއައިސީޔޫގައި މިހާރުވެސް ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ފުއްޕާމޭގެ މައްސަލަތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމާއި، އިންފެކްޝަނަށް އެންޓިބަޔޮޓިކް އަދި ހިތުގެ ލޭ ހިންގުމަށް ހާއްސަ އިނޮޓްރޮޕިކް ފަރުވާ ފަދަ ޚިދުމަތްތައް ދެމުން ގެންދެއެވެ.

ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި، މި ޚިދުމަތް ރާއްޖެއިން ލިބެން ފެށުމާއެކު، މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ