ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކްރީނިންގ ހަރަކާތެއް ކުރިއަށްގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް ހެލްތު ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމަކާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމާއި، މުވައްޒަފުންގެ ސިއްހީ ހާލަތު ދެނެގަތުން ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހެލްތު ސްކްރީނިންގ ހަދައި، އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހޯދާފަ އެވެ.

ސްޓެލްކޯއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ ދުޅަހެޔޮކަން ހިމެނޭކަން މި ހަރަކާތުން ފާހަގަކުރެވެ އެވެ. އަދި މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް ކުންފުނިން ވަނީ ރޭވިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ