ކަރަންޓު ކެނޑުމުން ބެކަޕް ވަގުތުން އޮންވާނެ، ލޭގެ ރައްކާތެރިކަމަށް އަސަރެއް ނުކުރާނެ: ހަލީމް

Advertisement

އެންމެ ފަސް

Advertisement

މިއަދު މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުމުން ވަގުތުން ތެލަސީމިއާ ސެންޓަރުގެ ބެކްއަޕް ކަރަންޓް ފޯރުކޮށްދެވުނު ކަމަށާއި، ބެހެށްޓިފައި ހުންނަ ލޭގެ ރައްކާތެރިކަމަށް އަސަރެއް ނުކުރާނެ ކަމަށް މާލެ ގްރޫޕްސް އޮފް ހޮސްޕިޓަލްސް ގެ ސިއީއޯ އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓު ގޮސްފައިވަނީ މިއަދު ހެނދުނު 9:30 ހާއިރުގަ އެވެ.

ކަަރަންޓުކެނޑުނު ވަގުތު ތެލެސީމިއާ ސެންޓަރުން ލޭ އެޅުމުގެ ހިދުމަތް ހުއްޓުނުކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓުްކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން މާލެ ގްރޫޕްސް އޮފް ހޮސްޕިޓަލްސް ގެ ސިއީއޯ އަބްދުލް ރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ތެލަސީމިއާ ސެންޓަރުން ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓް ފޯރުކޮށްދެވުނު ކަމަށެވެ.

ލޭއެޅުން މެދުކަނޑާލާފައިނުވާ ކަމަަށާއި، އެހެންނަމަވެސް ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު ކަމަށްވެސް ހަލީމް ވިދާޅުވި އެވެ. އަދި ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާ ކަަމަށްވެސް ހަލީމް ވިދާލުވި އެވެ.

މީގެ އިތުރުން މޯލްޑިވްސް ބްލަޑް ސާވިސްއިން ބުނެފައިވަނީ، ކަރަންޓު ކެނޑުމުން ބެކަޕް ވަގުތުން އޮންވާނެ ކަމަށެވެ. އަދި ބެހެށްޓިފައި ހުންނަ ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އަސަރެއް ނުކުރާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެކަމުގެ ޔަޤީންކަން އަރުވާފައިވެ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް މޯލްޑިވްސް ބްލަޑް ސާވިސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ