މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް 2025 މިއަދު ފަށައިފި އެވެ.

މި ސަމިޓު މިއަދު ފައްޓަވައިދެއްވީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖްގެ ރަމްޒީ ”ފައިސާ“ ފޮއްޗެއް ވެސް ތައާރަފް ކޮށްދެއްވާފައިވެ އެވެ. މި ފައިސާ ފޮތި ތައާރަފްކޮށްދެއްވީ ވެސް ސާޖިދާ އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފަވާ، ”މޯލްޑިވްސް ވިމަން އިން ޕޮލިސިން“ ފޮތް ނެރެދެއްވާފަ އެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް ކުރިއަށް ގެންދާނީ ތިން ދުވަހުގެ މުއްދަތަކަށް ކްރޮސްރޯޑުގަ އެވެ. މި ސަމިޓަކީ ރާއްޖޭގައި އަންހެން ފުލުހުންނަށް ޚާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ.

މި ސަމިޓްގައި ސެކިއުރިޓީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ބައިވެރިވެ އެވެެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ