މާލެއިން ފުރައިގެ ކ. އެރިއަދޫ އަށް ދަތުރުކުރަމުންދިޔަ ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ، މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި އުޅަނދުން ދަތުރުކުރި 4 މީހަކު މިހާތަނަށް ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު މިއަދު ހެނދުނު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނިޔާވެފައިއޮއްވާ ފެނިފައިވަނީ ގއ. ދާންދޫ، އަހުމަދު ޝިފާން (38އ) އެވެ. ޝިފާންގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ނަގާފައިވަނީ ކަނޑުގެ އަޑިން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ބަންޑުން ޖަހާލި ”އަލްމާކް-ފިޔަ“ ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ، މި ހާދިސާގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންގެންދާ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާ އެމްއެންޑީއެފް ދިވެހި ފުލުހުންގެ ޚިދުމަތް