’ވަރަ‘ އެކްސްޕޯ 2025 ގެ ނަމުގައި ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯއެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަންނަ ނޮވެންބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދުމަށްބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް ޕްލެޓްފޯމެއްގެ ދަށަށް ގެނައުން ކަމަށެވެ. މި އެކްސްޕޯއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެކްސްޕޯގައި ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ. އެންސީއެސް ޕޯޓަލް މެދުވެރިކޮށް ވަގުތުން ވަޒީފާއަށް އެޕްލައިކުރެވޭ އިރު ވަޒީފާއަށް އެދޭ ފޯމުތައް ޓްރެކް ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. ހަޔާ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް އިންޓަގްރޭޝަން މެދުވެރިކޮށް ތައުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓަރީކޮށް އެޕްލައިކުރުން ވެސް ކުރިޔަށް ގެންދާނެ ކަމަށާއި، މި އެކްސްޕޯގައި 1،000 އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތައުލީމީ ކޯސްތަކަށް ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތުދީފައިވެ އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އެކްސްޕޯގައި ހާއްސަ ތިން ތަޖުރިބާ ޒޯނެއް ހިމެނޭ ކަމަށެވެ. އެއީ ކެރިއާ ޒޯން، އެޑިޔުކޭޝަން ޕްރޮވައިޑާ ޒޯންގެ އިތުރުން ސްކިލްސް އެކްސްޕީރިއަންސް ޒޯނެވެ. ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދުތައް ކެރިއާ ޒޯންގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އެޑިޔުކޭޝަން ޕްރޮވައިޑާ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުގެ އިތުރުން، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު އިލްމީ އަދި ފަންނީ މަރުކަޒުތައް ބައިވެރިވާނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް