ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ސައުދީ އެމްބަސީ އިން ބުނި ގޮތުގައި ސްކޮލަޝިޕަށް ހުޅުވާލާފައިވަނީ 11 ދާއިރާ އަކުން 318 ސްކޮލާޝިޕަށް ކަމަށެވެ. މި ސްކޮލާޝިޕްތަކުގައި ފުރަތަމަ ޑިގްރީ އަށް ކިޔެވޭނެކަމަށް ވެސް ބުނެފައިވެއެވެ. ސައުދީގައި ހުރެގެން ކިޔެވުމުގެ އިތުރަށް، ރާއްޖޭގައި ހުންނަ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އެރެބިކް ސައިންސަސްގައި ހިލޭ ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
އެމްބަސީން ސްކޮލާޝިޕަށް ހުޅުވާލި ދާއިރާތައް:
- ބިޒްނަސް މެނޭޖުމަންޓް
- މީޑިއާ
- ކޮމްޕިއުޓާ ސައިންސް ސްޓަޑީސް
- ލޯ ސައިންސަސް
- ތައުލީމީ ދާއިރާ
- ސޯޝަލް ސައިންސަސް
- ދަނޑުވެރިކަން
- އިކޮނޮމިކް އެންޑް ޕޮލިޓިކްސް
- އިންޖިނިއަރިން ދާއިރާ
- އިސްލާމީ ދާއިރާތައް
- އަރަބިކް ސްޓަޑީސް އެންޑް އަދާ ފޮރިން ލެންގުއޭޖަސް
މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށެވެ. މި ސްކޮލާޝިޕްތަކަކީ ފިރިހެންކުދިންނަށް ހާއްސަކޮށްފައިވާ ސްކޮލާޝިޕްތަކެކެވެ. މި ސްކޮލާޝިޕްތަކަށް އެދުމަށް ދެ ހަފްތާގެ މުއްދަތެއް ހަމަޖެހިފައިވެ އެވެ. މި ކޯސްތައް ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރާއްޖެ - ސައުދީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ސައުދީ އަރަބިއްޔާ
