625 ދިވެހިންނަށް ބޭރު ބަސްތައް ދަސްކޮށްދޭން، ދެ ޔުނިވާސިޓީއަކާއެކު އެއްބަސްވުންތަކެއް

Advertisement

އެންމެ ފަސް

Advertisement

ބޭރު ބަސްބަހުން މުއާމަލާތް ކުރުމުގެ ހުނުރު ދިވެހިންނަށް އުންގަންނައިދިނުމަށް 2 ޔުނިވާސިޓީއަކާއި އެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީި އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބޭރު ބަސްބަހުން މުއާމަލާތް ކުރުމުގެ ހުނަރު ދިވެހީންނަށް އުގަންނައިދީ ތަމްރީނުކުރުމަށް މިއަދު ވަނީ ދެ ފަހުމުނާމާގައި ސޮއިކުރެވިފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްބަހުން މުޢާމަލާތުކުރުމަށް ދިވެހީން ތަމްރީނުކުރުން ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވެ އެވެ.

މި ދެ ފަހުމުނާމާގެ ދަށުން ޖުމުލަ 625 ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވިގެންދާނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ