ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1ގެ ”ކޮވެލި“ ލައުންޖް ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1)ގެ ”ކޮވެލި ލައުންޖް“ އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ”ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދަރަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބެވެ.“ އަދި އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކޮށް، ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް ގައުމީ، ވަރަށް ބޮޑު ޖިހާދެއް އަދި މަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ވީއައިއޭ ޓާމިނަލް 1 ގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ ”ކޮވެލި ލައުންޖް“ އަކީ 1,230 އަކަމީޓަރުގެ ބޮޑުމިނުގައި ތަރައްގީކޮށްފައިވާ ތަނެކެވެ. މި ލައުންޖުން އެއްފަހަރާ 270 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި، ބުފޭ ސާވިސްއަށް ޚާއްސަ ސަރަޙައްދެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ޚާއްސަ ފެސިލިޓީތައް ޤާއިމުކޮށްފައިވެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ކުޑަކުދިންގެ ބޭބީ ކެއާއަށް ޚާއްސަ ކޮޓަރިތައްވެސް މި ލައުންޖުގައި ހިމެނިފައިވެއެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ