ބޮޑު މޮޅަކާއެކު އެމްޕީއެލް ސެމީ އަށް

Advertisement

އެންމެ ފަސް

Advertisement

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ކުއާޓާ ފައިނަލުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމް ފެނަކަ ބަލިކޮށް، އެމްޕީއެލް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި އެމްޕީއެލް އިން ވަނީ ޓީމް އެފްއެސްއެމް ބަލިކޮށްފަ އެވެ. އަދި ފެނަކަ އިން ވަނީ ޕެނަލްޓީގައި ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދާފަ އެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ފެށިގެން އެމްޕީއެލް އިން ވަނީ ގާތްގާތު ދެ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. އެ ޓީމުގެ ފުރަތަމަ ދެ ލަނޑު ޖެހީ މުހައްމަދު ޒީދާން ޒުހުރީ އާއި ބިދޭސީ ކުޅުންތެރިޔާ ސަމަން ދަޝާން އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް، އެމްޕީއެލް އިން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން، ހާފު ފެށިގެން މިނެޓެއް ނުވަނީސް ޒީދާން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، އެމްޕީއެލް އަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފަ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މުހައްމަދު ޔަފާއު ޖެހި ލަނޑާއެކު، އެމްޕީއެލް އިން ވަނީ މެޗު ކާމިޔާބުކުރުމާ ގާތަށް ޖެހިލާފަ އެވެ.

ހަތަރު ލަނޑުގެ ފަރަގަކުން ބަލިކޮށް އޮތުމާއެކު، ފެނަކަ އިން ކުޅުނީ މުޅި ޓީމު ކުރިޔަށް ޖެހިގެނެވެ. ނަމަވެސް، އެ ޓީމަށް ލަނޑެއް ނުޖެހެނީސް އެމްޕީއެލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައި ހަ ލަނޑުގެ ލީޑެއް ހޯދާފައެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ މީޝަމް ނައީމް އާއި ހަސަން ޔޫން އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އެމްޕީއެލް ވާދަކުރަން ޖެހޭނީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާ އެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ