ފަހަތުން އަރައި އެމްޓީސީސީ ބަލިކޮށް، ސެމީގެ ފަހު ޖާގަ އެސްޓީއޯ އަށް

Advertisement

އެންމެ ފަސް

Advertisement

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ކްލަބް އެމްޓީސީސީ ބަލިކޮށް، ސެމީގެ ފަހު ޖާގަ އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެމްޓީސީސީ އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ލަނޑެއް ޖަހައި އެސްޓީއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެވަނަ ހަފު ފެށިގެން ފުރަތަމަ މިނެޓުތެރޭ ސާމިން މުހައްމަދު ނަސީރު (ސާންކޮ) ޖެހި ލަނޑާއެކު، އެމްޓީސީސީ އިން ވަނީ ދެވަނަ ފަހަރަށް ކުރިހޯދާފަ އެވެ.

އެމްޓީސީސީ އިން ދެވަނަ ފަހަރަށް ލީޑު ނެގިތާ ދެ މިނެޓު ތެރޭ އެސްޓީއޯގެ ބިދޭސީ ކުޅުންތެރިޔާ، އަލް ހޮދަދާދީ ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް އެސްޓީއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، އެސްޓީއޯ އަށް ކުރިހޯދަދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް އެމްޓީސީސީ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެސްޓީއޯގެ ހަ ފައުލް ހަމަވުމާއެކު އެމްޓީސީސީ އަށް ދުރު ޕެނަލްޓީއެއް ލިބިފައިވާއިރު، ޖުމްބެ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ހޯމަ ދުވަހުގެ ރޭގައި އެސްޓީއޯ ނިކުންނާނީ އެމްޕީއެލް އާ ދެކޮޅަށެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ