ސްޓޫޑެންޓް ލޯނުގެ ގޮތުގައި 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Advertisement

އެންމެ ފަސް

Advertisement

2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ. މިއަހަރުގެ މިހާތަނަށް 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުން ހިމެނެއެވެ.

2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މާރިޗު 11 ގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.065 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްގެ ގޮތުގައި 368 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 4،469 ދަރިވަރަކަށް 267 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،687 ދަރިވަރަކަށް 116 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސަރުކާރުން މަތީ ތަޢުލީމަށް ކުރާ އިންވެސްޓްމަންޓް އިތުރުވަމުން އަންނައިރު، އަންހެން ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ކުރާ މަސައްކަތް ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ