ތަމްރީންތަކުގެ ތެރެއިން ކުޑަވަގުތުކޮޅެއް ތެރޭގައި އެއާޕޯޓުން ދުން އަރާތަން ފެންނާނެ: އެމްއޭސީއެލް

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބާއްވާ ފުލްސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ގެ ތެރެއިން އެއާޕޯޓުން ދުން އަރާތަން ފެންނާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ ހަވީރު 3:45 އިން 5:00 އަށް އެއާޕޯޓުގެ އީސްޓް އެޕްރަން – އީކޯ އޭރިއާގައި ކުރިއަށްދާ މި ތަމްރީނުގައި ކޮންޓްރޯލްކޮށްގެން ހިންގާ ސިމިއުލޭޓެޑް އެއަރކްރާފްޓް ފަޔަރ އެކްސަސައިޒެއް ހިމެނޭކަމަށެވެ. އަދި މި ތަމްރީނުގެ ތެރެއިން 15 އިން 20 މިނެޓަށް ދުން އަރާތަން ފެންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އަހަރުގެ އެފެކްސްގެ މައިގަނޑު މަޤްޞަދަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭނާއި، އެކި މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ. މި އަހަރުގެ އެކްސަސައިޒްގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.

އެފެކްސްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރެވޭނެއެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދާނެއެވެ. ނަމަވެސް އެކްސަސައިޒްގެ ތެރޭގައިވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވާއިރު، ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފަހުން އެފެކްސް ބޭއްވީ 2022 ވަނަ އަހަރުއެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ