ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓުތައް އަލުން ފެށުމަށް ޓްރަމްޕް އަމުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓުތައް ވަގުތުން ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމުގެ ދިފާއީ ވުޒާރާއަށް އަމުރުކުރައްވައިފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ދެކުނު ކޮރެއާގައި ބައްދަލުކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތު ސޯޝަލްގަ ޓްރަމްޕް ވިދާޅުވި ގޮތުގައި މިއަމުރަކީ އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެމެރިކާގެ ނިއުކްލިއަރ ގާބިލިއްޔަތު ގެނައުމަށްޓަކައި ނެރުނު އަމުރެކެވެ. އަދި މިކަމުގެ ބޭނުމަކީ ރަޝިޔާ އާއި ޗައިނާގެ ގާބިލިއްޔަތާ އެއް ފެންވަރަކަށް އެމެރިކާ ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން އެންމެ ފަހުން ނިއުކްލިއަރ ޓެސްޓެއް ކޮށްފައިވަނީ 1992 ވަނަ އަހަރު އެވެ. އެއަށްފަހު، މިފަދަ ޓެސްޓުތައް ހުއްޓާލުމުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ. ޓްރަމްޕްގެ މި ނިންމުމާއެކު، ޓެސްޓުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ނެވާޑާގައި ހުންނަ ފެޑެރަލް ސައިޓެއްގަ އެވެ.

ނިއުކްލިއަރ ހަތިޔާރު އެންމެ ގިނައިން ހުރީ އެމެރިކާގައި ކަމަށް ޓްރަމްޕް ދައުވާ ކުރެއްވި އެވެ. އަދި ދެވަނަ އަށް ރަޝިޔާ އާއި ތިންވަނައަށް ޗައިނާ އޮތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އިންޓަނޭޝަނަލް ކެމްޕެއިން ޓު އެބޮލިޝް ނިއުކްލިއަރ ވެޕަންސް (އައިކޭން) އިން ރިޕޯޓުކުރާ ގޮތުގައި، ރަޝިޔާގައި 5,449 ނިއުކްލިއަރ ހަތިޔާރު އެބަހުރި އެވެ. އެމެރިކާގައި ހުރީ 5,277 ނިއުކްލިއަރ ހަތިޔާރު އެވެ،

ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރުގެ 90 އިންސައްތަ ހިއްސާކުރަނީ މި ދެގައުމުންނެވެ.

ޗައިނާއިން އެންމެ ފަހުން ނިއުކްލިއަރ ޓެސްޓެއް ކޮށްފައިވަނީ 1996 ވަނަ އަހަރު ކަމަށް ވާއިރު، ރަޝިޔާއިން ވަނީ ދާދި ފަހުން އާ ލޯންގް ރޭންޖް، ނިއުކްލިއަރ އިންޖީނުލީ ކަނޑު އަޑީގެ ހަތިޔާރެއްގެ އިތުރުން ނިއުކްލިއަރ ގާބިލިއްޔަތު ހުރި މިސައިލެއް ޓެސްޓުކުރިކަން އިއުލާންކޮށްފަ އެވެ. ނަމަވެސް، ނޫސްވެރިން ޓްރަމްޕްގެ ޓެސްޓު ކުރުމުގެ ޕްލޭންތަކާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ.

އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ