އަދީބުގެ އެމްޓީޑީ އުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ 3،000 މެންބަރުންގެ އަދަދު ހަމަނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ޕާޓީއެއް ދެމެހެއްޓުމަށް ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަކުރުމަށް ދީފައިވާ މުއްދަތުގައި އެމްޓީޑީން އެކަން ފުރިހަމަ ނުކުރުމާ ގުޅިގެން، މިއަދުން ފެށިގެން އެ ޕާޓީ އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

އެމްޓީޑީ އުވާލުމުގެ ކުރިން، މިދިޔަ މަހުގެ 26 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

އެމްޓީޑީ އުވާލަން ނިންމި ނިންމުމާ ގުޅިގެން އެ ޕާޓީން ވަނީ ބަޔާނެއް ނެރެފަ އެވެ. މި ނިންމުމަކީ ޕާޓީއަށް ގާނޫނުއަސާސީން ލިބޭ ދުސްތޫރީ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމުގެ އަސާސީ ހައްގަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ އަމަލެއްކަމަށް އެމްޓީޑީން ފާހަގަކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމާ ގުޅިގެން އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް މަސައްކަތްކުރާނެ ކަމަށް އެމްޓީޑީން ބުނެފައިވެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިލެކްޝަންސް ކޮމިޝަން (އީސީ) މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ