ގުރައިދޫގައި 100 ރުއް އިންދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކ. ގުރައިދޫއަށް 100 ރުއް އިންދުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ގުރައިދޫ ކައުންސިލުންކުރި އިއުލާނުގައި ބުނެފައިވަނީ، 100 ރުއް ހޯދައި އިންދުމުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލުގެ މެއިލް procurement@guraidhoo.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

ބީލަމުގައި ރަޖިސްޓްރީވާނީ 500 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ 08:30 ގައި އެރަށު ކައުންސިލްގެ އިދާރާ ގައި ކަމަށާއި، ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ 12:00ގެ ކުރިން procurement@guraidhoo.gov.mv އަށް އީމެއިލް ކުރުމަށް ނޫނީ 6640072 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދިފައި ވެއެވެ.

ކ. ގުރައިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ