ގުރައިދޫގައި ވޭމްކޯގެ ޚިދުމަތް ފެށުމުގެ ގޮތުން އާއިލީ ހަވީރެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކ. ގުރައިދޫގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު އެ ރަށުގައި ”ފައްޓަމާ: އާއިލީ ހަވީރު“ ގެ ނަމުގައި ޚާއްޞަ ހަވީރެއް ބާއްވައިފި އެވެ.

މި ހަފްލާގައި ބައިވެރިވެ ވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމެވެ.

ވެމްކޯއިން އިންތިޒާމްކޮށްގެން ބޭއްވި މި ހަފްލާގައި، ގުރައިދޫގައި ވެމްކޯގެ ޚިދުމަތް ފެށުމާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، ރަށުގެ ކުނި މެނޭޖްކުރުމުގެ މުހިންމުކަމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެވުނެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މި ހަފްލާގައި ވާހަކަ ދައްކަވަމުން، ގުރައިދޫގައި ވޭމްކޯގެ ޚިދުމަތް ފެށުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވި އެވެ. އަދި ރަށުގެ ރައްޔިތުން މި ޚިދުމަތް ބޭނުންކުރުމުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގުރައިދޫގައި ވެމްކޯގެ ޚިދުމަތް ފެށުމާއެކު، ރަށުގެ ކުނި އުކާލުމާއި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާވެ، ރަށުގެ ސާފުތާހިރުކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.

ވެމްކޯ އިން މިހާރުވެސް އަންނަނީ މާލެ އަތޮޅާއި، ރާއްޖޭގެ ހުރިހާ ސިޓީއެއްގައިވެސް ކުނި ނެގުމުގެ ހިދުމަތް ދެމުންނެވެ. އޭގެއިތުރުން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތްވެސް އެ ކުންފުނިން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

ކ. ގުރައިދޫ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ