އަދީބުގެ ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެމްޓީޑީއިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅުއްވައި ނިންމެވުމަށް އީސީން އެދިފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން އެމްޓީޑީގައި ތިބީ 2272 މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއެއްގައި 3000 މެންބަރުން ހަމަވާންޖެހެ އެވެ. އެމްޓީޑީގައި 3000 މެންބަރުން ހަަމަނުވާތީ މެންބަރުން ހަމަކުރުމުގެ ފުރުސަތެއް މީގެކުރިންވެސް އީސީން ދީފައިވެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިލެކްޝަންސް ކޮމިޝަން (އީސީ) މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ