އެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް، ފްލެޓް ޕޮއިންޓް ދިނުމުގެ އުސޫލް ދެން ކަނޑައަޅާނީ އެ ރަށަކުން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަށްރަށުގައި ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކާއި ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަނޑައެޅުމުގައި، ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް ޕޮއިންޓް ދިނުމުގެ އުސޫލު ކަނޑައެޅުމުގެ ބާރު އެ ރަށެއްގެ ކައުންސިލަށް ލިބިގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އެ ރަށުގައި އިތުރު 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢުއެއް ފަށައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ޓެންޑަރިންގގެ އިނިޝިއަލް ކޮލިފިކޭޝަން ސްޓޭޖް މިހާރު ވަނީ ހުޅުވާލެވި، އެއަށް ބަޔަކު ކުރިމަތިލާފައިވާ ކަމަށާއި، އެ މަރުހަލާ ނިމުމުން އަގު ހުށަހެޅުމަށް ހުޅުވާލާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ސިޔާސަތަކީ ހުރިހާ ރަށެއްގައި ވެސް އެ ލޯކަލިޓީއަށް، އެ ރަށެއްގެ ހާލަތު އޮތް ގޮތް އެ ރަށެއްގެ ގެދޮރު ދިނުމުގައި އޮންނަން ވާނީ ރިފްލެކްޓް ކުރެވިފައި. މިންގަނޑު ހެދިފައި އޮންނަން ވާނީ އެ ގޮތަށް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލުން ކަނޑައަޅާ މިންގަނޑު ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުން، އެއީ ގާނޫނާ ޚިލާފުނުވާ މިންގަނޑެއްނަމަ، އެ މިންގަނޑަށް ހުއްދަ ދެއްވާނެއެވެ.

މީގެއިތުރުން ތުޅާދޫގައި އަމިއްލައަށް ބިން ހިއްކައިގެން ހޯދާފައިވާ 119 ގޯތި، ބަންޑާރަ ގޯތީގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ގޯތިތަކުގެ ވެރިފަރާތްތަކަށް މުޅި ބިން މިލްކުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ތުޅާދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ