ނާޒުކު ޙާލަތުގައި ތިބި ފަރުދުން ޙިމާޔަތްކުރުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މުޖުތަމަޢުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ޙިމާޔަތްކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ޤާނޫނީ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން މިއަދު ދެއްވި މެސެޖެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންސާނީ ޙައްޤުތަކަކީ ޞުލްޙަމަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ބިންގަލުގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި މި ޙައްޤުތަކަކީ ތަޞައްވުރުގެ ޚިޔާލުތަކެއް ނޫންކަމަށާއި، އެއީ ކޮންމެ ފަރުދަކުވެސް ޤަދަރާއި އުންމީދާއެކު ދިރިއުޅެވޭނެ އަސާސީ ޙިމާޔަތްތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޖްތިމާޢީ ރައްކާތެރިކަން ފަދަ އަސާސީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި ޙަރަކާތްތެރިވުމުގެ އިތުރުން، ދިވެހިރާއްޖެއަކީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޤައުމެއް ކަމަށެވެ. ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހަރުދަނާކޮށް، ޙައްޤުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި، ރާއްޖެއިން ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ބައިވެރިވުން ރަމްޒުކޮށްދެނީ އިންސާނީ ޙައްޤުތަކަކީ ސަރަޙައްދީ އިމެއް ނެތް ކަމެއް ކަމަށާއި، އެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ ޙާލަތަށް ޚާއްޞަ އަލިއަޅުވައިލެއްވުމެއް ދެއްވާފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ އިންސާނީ ޙައްޤުތަކަކީ ބައިބައި ނުކުރެވޭނެ ޙައްޤުތަކެއް ކަމަށާއި، އެއްވެސް ބައެއްގެ ކިބައިން އެ ޙައްޤުތައް ނިގުޅައިގަނެވިއްޖެ ނަމަ، ބައިނަލްއަޤުވާމި ފެންވަރުގައި އެޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެވޭކަމަށް ބުނެވޭނެ ފުރުޞަތު ނެތް ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަސާސީ ޙައްޤުތައް ނިގުޅައިގަތުމަކީ، އިންސާފާއި އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގައި، ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.

މި ދުވަހުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަދުލުވެރިކަމާއި، ހަމަހަމަކަމާއި، އޯގާތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ