ޖުވާ ކުޅުމާއި، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖުވާ ކުޅުމާއި، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް އިސްލާހު ހުށަހެޅިކަން ހާމަކުރެއްވިނަމަވެސް މިކަމުގެ އިތުރު ތަފުސީލެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ޖުވާ ކުޅޭ އެކި ވެބްސައިޓުތަކާއި ބެޓް ކުރާ ވެބްސައިޓުތައް އިތުރުވެ ދިވެހިންގެ ތެރޭގައި އެކަން ފެތުރެމުންދާކަމުގެ ކަންބޮޑުވުން މީގެކުރިންވެސް ފާހަގަކުރެވިފައިވެ އެވެ. އެގޮތުން ރާއްޖޭގައި ޖުވާކުޅޭ ސައިޓްތައް ބްލޮކް ކުރަން ވެސް ފެށި އެވެ.

އޮންލައިންކޮށް ޖުވާ ކުޅުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެކަން ބަންޑާރަނައިބު އަހުމަދު އުޝާމް ހާމަކުރައްވާފައިވަނީ މިދިޔަ އަހަރު އެވެ. އޭރު އޭޖީ އުޝާމް ވިދާޅުވީ، ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ