ޕުޓިން އަދި ޓްރަމްޕް އަންނަ ހުކުރު ދުވަހު ބައްދަލުކުރައްވަނީ

Advertisement

އެންމެ ފަސް

Advertisement

ޔޫކްރެއިން ރަޝީޔާ ހަނގުރާމައާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

ޓްރަމްޕް އަދި ޕުޓިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެލަސްކާގަ އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، މިއީ ރަޝިޔާ އަދި ޔޫކްރެއިންގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަށް ގެނައުމާ ގުޅޭގޮތުން ބޭއްވޭ މަޝްވަރާތަކެއް ކަމަށެވެ. އަދި މިކަމުގައި ކުރިއެރުން ހޯދުމަށް، ހިފާފައިވާ ބިންތައް ބަދަލުކުރުމުގެ އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި ވާންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މި ބައްދަލުވުމް ބާއްވާނެތަނަކާއި ގުޅޭގޮތުން ސުވާލު އުފެދިފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ސަބަބަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ރަޝިޔާގެ ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި އޮތުމެވެ. އައިސީސީން ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ، ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. ނަމަވެސް އެމެރިކާއަކީ އައިސީސީގެ މެންބަރު ގައުމެއް ނޫނެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިފަހުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވާ ވާހަކަވެސް ދައްކަވާފަ އެވެ.

އެމެރިކާއާއެކު މަޝްވަރާތައް ބޭއްވުމުގެ ކުރިން ރަޝިޔާގެ ރައީސް ޕުޓިން ވަނީ ޗައިނާ އާއި އިންޑިއާގެ ލީޑަރުންނާވެސް މަޝްވަރާ ކުރައްވާފަ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިން-ރަޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ