އިންޑިއާގެ އިޤްތިސާދު އިނދަޖައްސާލުމަށް، 50% ޓެރިފްއެއް ނެގުމަށް ޓްރަމްޕް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ މުދަލުން ޖުމުލަ 50 އިންސައްތަ ޓެރިފްއެ ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފި އެވެ.

މީގެކުރިން ޓްރަމްޕް ނިންމަވާފައިވަނީ އިންޑިއާގެ މުދަލުން 25 އިންސައްތަ ޓެރިފް ނެގުމަށެވެ. ނަމަވެސް އިންޑިއާގެ މުދަލުން އިތުރު 25 އިންސައްތައާއެކު ޖުމުލަ 50 އިންސައްތަ ޓެރިފް ނެގުމަށް ޓްރަމްޕް ނިންމަވާފައިވަނީ، އިންޑިއާއިން ރަޝީޔާގެ ތެޔޮ ގަންނާތީ އެވެ.

އެގޮތުން އިންޑިއާއިން އެތެރެކުރާ މުދަލުން 50 އިންސައްތަ ޓެރިފް ނެގުމުގެ ރިޔާސީ ޤަރާރުގައި ޓްރަމްޕް ސޮއިކުރައްވާފައިވަނީ އިއްޔެ އެވެ. ޓްރަމްޕްގެ މި ނިންމުމަށް އަމަލުކުރަން ފަށާނީ ތިން ހަފްތާ ފަހުން، މިމަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

50 އިންސައްތަ ޓެރިފް ނެގުމަށް ނިންމިނަމަވެސް ބައެއްކަހަލަ މުދާ ވަނީ ޓެރިފުން އިސްތިސްނާ ކޮށްފަ އެވެ. އޭގެތެރޭގައި ސްޓީލް އަދި އެލްމިނިއަމް ހިމެނެ އެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އެމެރިކާއިން ކަނޑައެޅި ޓެރިފްއަކީ ބޭއިންސާފު ނިންމުމެއް ކަމަށެވެ. އަދި އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އިންޑިއާއިން ބުނެފައިވެ އެވެ.

އިންޑިއާ އެމެރިކާ ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ