އިންޑިއާއަށް ވަޑައިގެން އުޅުއްވާ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރް ޚާން މުއްތަޤީއަށް އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ މުސްލިމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރް ޚާން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އުއްތަރަ ޕްރަދޭޝްގެ ދިއޮބާންދްގެ ދާރުލް އުލޫމަށް ޒިޔާރާތް ކުރައްވާ ޖަމާއަތް އުލައިމާ އެ ހިންދްގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމަށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އެތަނަށް ވަޑައިގަތުމުން އެ ސަރަހައްދުގެ މުސްލިމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އޭނާއަށްކީ މަރުހަބާއަށް ޝުކުރުއަދާކުރައްވާ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އިންޑިއާއާއި އަފްޣާނިސްތާނުގެ ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިދަތުރުފުޅުގެ ތެރެއިން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރް ޚާން މުއްތަޤީ ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރްއާވެސް ބައްދަލުކުރައްވާފަ އެވެ. އިންޑިއާއަށް ކުރާ މިދަތުރުގައި ތާލިބާން ސަރުކާރުގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މިއީ އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން 2021 ވަނަ އަހަރު ނެގިފަހުން، ތާލިބާން ސަރުކާރުގެ އިސް ވަފުދެއް ގައުމުން ބޭރަށްކުރި ފުރަތަމަ ރަސްމީ ދަތުރެވެ.