ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ފްރާންސުން ފަލަސްތީނުގެ ދައުލަތަށް ބަލައިގަތުމަށް ނިންމައިފި އެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިކަން ހާމަކުރައްވާފައިވަނީ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

މެކްރޮން ވިދާޅުވީ ސެޕްޓެމްބަރު މަހު އޮންނަ އ.ދގެ އާންމު މަޖިލީހުގައި ފްރާންސްއިން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ. މިއާއެކު ފްރާންސް ވެގެންދާނީ ޖީ7 ގައުމުތަކުގެ ތެރެއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ.

ފްރާންސްގެ މި ނިންމުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާދުވިދާޅުވެފަ އެވެ. އަދި ފްރާންސްގެ ނިންމުމަކީ ”ޓެރަރިސްޓުންނަށް“ ހިއްވަރުލިބޭނެ ނިންމުމެއް ކަމަށް ތުހުމަތުކުރެއްވި އެވެ. މީގެއިތުރުން އެމެރިކާއިން ވެސް ވަނީ ފްރާންސްގެ މި ނިންމުން ކުށްވެރިކޮށްފަ އެވެ. ނަމަވެސް އިސްމާމީ ދައުލަތްތަކުން އަދި ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރާ ގިން ޤައުމުތަކަކުން ވަނީ ފްރާންސްގެ މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

ފްރާންސްގެ އިތުރުން ނޯވޭ، އަޔަލޭންޑް އަދި ސްޕެއިނުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާކަން މިފަހުން ހާމަކޮށްފަ އެވެ. އ.ދގައި ހިމެނޭ 193 މެންބަރު ޤައުމުގެ ތެރެއިން 142 ޤައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެވެ.

ފަލަސްތީން ފްރާންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ