ބުޅާތަކުގެ މިނިވަންކަމުގެ ހައްޤު ކަށަވަރުކޮށްދޭން، އިތުރު ބުޅާތައް އޮޅުހިޔާއަށް ގެންދަނީ

Advertisement

އެންމެ ފަސް

Advertisement

މާލޭގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓްރީއިން ބުނީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަހްފޫމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ ޖަނަވާރަށް ލިބިގެންދާ ފަސް މިނިވަންކަމެއް ކަަމަށެވެ. އެއީ:

  • ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
  • ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުގެ މިންޖުވުގެ މިނިވަންކަން
  • ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން
  • ވޭނާއި، ހާނިކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އޭޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން

ދިވެހިރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ. އެގޮތުން، ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މި ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އޮޅުހިޔާއަށް އިތުރު ބުޅާތައް ގެންދާއިރު، ”އޮޅުހިޔާ“ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގެ ރިކަރަންޓު ހަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގުރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވި ގޮތުގައި މިހާރު ފެސިލީޓީގައި 30 ބުޅާ ގެންގުޅުނު ނަމަވެސް އެ ފެސިލީޓީގެ ކެޕޭސިޓީއަކީ 2،000 ބުޅަލެވެ.

އޮޅުހިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ