އޮޅުހިޔާއަށް އިތުރު 75 ބުޅާ މަގުތަކުން ނަގައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހިންގަމުން އަންނަ ”އޮޅުހިޔާ“ ފެސިލިޓީގެ ކަރަންޓީނު ބައިގެ ޖާގަ 100 ބުޅަލަށް ފުޅާކޮށް އިތުރު 75 ބުޅާ ނަގާފައިވާ ކަމަށް އެގުރިކަލްޗަރ މިނިސްޓްރީއިން ބުނެފި އެވެ.

އެގުރިކަލްޗަރ މިނިސްޓްރީއިން ބުނީ އޮޅުހިޔާގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށްފައި ވާތީ، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ވިއްސާރައާ ގުޅިގެން އެ މަސައްކަތް މެދުކެނޑާލުމަށް ފަހު މިއަދު އަލުން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ މިހާރު އޮޅުހިޔާގެ ފެސިލިޓީގައި ޖުމުލަ 112 ބުޅާ ތިބޭނެ ކަމަށެވެ.

ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ބުޅާ އެކަހެރިކޮށް ކަރަންޓީނު ކުރަން ޖެެހެ އެވެ. ކުރިން ކަރަންޓީނުގެ ޖާގަ ކުޑަ ނަމަވެސް ކަރަންޓީނުގެ ޖާގަ މިހާރު 100އަށް އިތުރުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މަގުމަތީ ބުޅާތަކުގެ އާބާދީ ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުން ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ