އޮޅުހިޔާއަށް މެޑިކަލް ސާމާނު ހޯދަން އިއުލާންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ފޭސް 2 ގައި ހިންގަމުންދާ ބުޅާ ފެސިލިޓީ، އޮޅުހިޔާއަށް ބޭނުންވާ މެޑިކަލް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެގްރިކަލްޗަރ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮޅުހިޔާއަށް ހޯދަން ބޭނުންވާ ތަކެތީގެ ތެރޭގައި އަސާސީ ރައްކާތެރިކަމުގެ ސާމާނާއި، ސަރޖިކަލް އިކުއިޕްމަންޓް، ބުޅާ ގެންގުޅުމަށް ބޭނުންވާ ސާމާނު އަދި އައިޑެންޓިފިކޭޝަން ސިސްޓަމްތައް ހިމެނެއެވެ. މީގެ އިތުރުން ސަރޖިކަލް ގައުން، މާސްކް، އެކި ސައިޒުގެ ނައިޓްރައިލް އަންގި، ތަރމޯމީޓަރު އަދި ބުޅާ އުފުލާ ކެރިއަރވެސް ހިމެނެއެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ވެލާނާގޭ 7 ވަނަ ފަންގިފިލާގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:30 އަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ދެވިފައިވަނީ ރަސްމީ ބަންދު ނޫން 7 ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަތުން އޮންނާނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:30 ގައެވެ.

އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ