ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާލެވޭނެ: މިނިސްޓަރު މުއްތަލިބް

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މި މަޝްރޫއުގެ 88.7 އިންސައްތަ ނިމިފައިވާއިރު، ޕެސެންޖާ ޓާމިނަލްގެ 83 އިންސައްތަ މިހާރު ނިމިފައިވާ ކަަމަށެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ހޭންގަރާއި ކާގޯ އިމާރާތުގެ 96 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެ އެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ އެވެ.

މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެ އެވެ. މީގެ އިތުރުން، މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ