މި ސަރުކާރުން އަލަށް ހައުސިން ދެ މޮޑަލްއެއް؛ ޓާގެޓް އަލަށް ބޯހިޔާވެހިކަން ހޯދާ ފަރާތްތަކަށް

Advertisement

އެންމެ ފަސް

Advertisement

ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ މެދުފަންތީގެ އާއިލާތަކަށް ބޯހިޔާވަހިކަން ލިބޭނޭ މަގުފަހިކޮށްދިނުމަށް ދެ ސްކީމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މެދުފަންތީގެ އާއިލާތަކަށް ބޯހިޔާވަހިކަން ލިބޭނޭ މަގުފަހިކޮށްދިނުމަށް ބޭންކްގެ ތެރެއިން ދެ ސްކީމެއް ހިންގުމަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ސްކީމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށް ލީސް-ޓު-އޯން އުސޫލުން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އެމްއެމްއޭ އާއި ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ މިކަމަށް ބޭނުންވާ ރެގިއުލޭޝަން ހަދައި އަމަލީ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

މިކަންކަމުގައި ބޭންކާއި ގުޅިގެން ހަދަންޖެހޭ ތަފްސީލުތައް ހެދުމަށްފަހު އެކަންކަން ހާމަކުރާނެ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ 3000 ޔުނިޓްގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މި 3000 ޔުނިޓަކީ ލީސް-ޓު-އޯން އުސޫލުން ކުރިއަށްދާނެ މަޝްރޫއުކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދެވަނަ ސިޔާސަތެއްގެ ގޮތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ސަރުކާރުން ބިން ދީގެން، އަދި ޑިވެލަޕްކުރާ ފަރާތަށާއި، ގަންނަ ފަރާތްތަކަށް ލުއިތަކެއް ދީގެން ސަރުކާރުން ކަނޑައަޅާ އަގެއްގައި ޑިވެލަޕާސް އަމިއްލައަށް ޑިވެލަޕްކޮށް ވިއްކަން ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން އިމާރާތްކުރެވޭ ތަންތަން ލިބޭނީ ފަސްޓް ޓައިމް ހޯމް ބާޔާސްއަށް ކަމަށާއި، އަގު ހުންނާނީ މިހާރު މާރކެޓުގައި ލިބެން ހުރި އަގުތަކަށްވުރެ ވަރަށް ބޮޑުތަނުން ކުޑަކޮށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

”ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު މިހާރު އުޅެނީ 4 މިލިއަން ރުފިޔާއަށް. އަޅުގަނޑުމެން އުންމީދުމިކުރަނީ ގާތްގަނޑަކަށް 2 މިލިއަނާ 2.5 މިލިއަނާ ދޭތެރޭގަ 3 ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު [ބަހައްޓައި] އަޅުގަނޑުމެނަށް މާކެޓަށް ނެރެވޭނެ ކަމަށް.“

މިނިސްޓަރު މުއްތަލިބް ވިދާޅުވީ އަގު އެއަށްވުރެވެސް ކުޑަ ކުރެވޭނަމަ، އަގު ކުޑަކޮށް މާކެޓަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން ފްލެޓް ގަންނަ ފަރާތްތަކަށް ޖީއެސްޓީ ދައްކަންނުޖެހުންފަދަ އަދި ފްލެޓްތައް އިމާރާތްކުރާ ފަރާތްތަކަށް ޑިއުޓީއަށް ލުއިދިނުންފަދަ އިނާޔަތްތައް ލިބިގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މި ފްލެޓްތައް ގަންނަ ފަރާތްތަކަށް، އެކަން ފަސޭހަކޮށްދިނުމަށްޓަކައި ހާއްސަ މޯގޭޖް ސްކީމެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. އަދި މި ސްކީމް ވެގެންދާނީ މިހާރު މާކެޓްގައި ހުރިވަރަށްވުރެ ފަސޭހަކޮށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް ފްލެޓް ގަތުމަށް މަގުފަހިވާނެ ސްކީމަކަށް ކަމަށާއި، މިކަމުގެ އުސޫލުތައް އެމްއެމްއޭއާ ގުޅިގެން އެކުލަވާލުމުގެ މަސައްކަތް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ