މާލެ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައި، ފްލެޓަށް ކުރިމަތިލާން މި އަހަރު ހުޅުވާލަނީ: މިނިސްޓަރު މުއްތަލިބް

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެންދާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި މި 12،000 ހައުސިން ޔުނިޓް އިމާރާތްކުރެވޭނީ ތިން މަޝްރޫއެއްގެ ދަށުންނެވެ. އެގޮތުން ބީއެމްއެލްގެ ފައިނޭންސިންގ އާއެކު 3،000 ޔުނިޓް، އިންޑިއަން އެލްއޯސީގެ ދަށުން 4،000 ޔުނިޓް، އަދި ޕްރައިވެޓް ޑިވެލޮޕަރުންނަށް ބިންދޫކޮށްގެން ފަސްޓް ޓައިމް ހޯމް ބަޔަރުންނަށް ވިއްކުމަށް 5،000 ޔުނިޓް އިމާރާތްކުރެވޭނެ އެވެ.

”ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ މުޖުތަމައުގެ އެންމެންނަށްވެސް އެ ފަރާތަކަށް އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށް ދިނުމަށް،“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އެ ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރު ހުޅުވާލާނެ އެވެ. އެއީ ބޯހިޔާވެހިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވޭނެ ގޮތައް ހުޅުވާލެވޭ ފުރުސަތަކަށްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަޝްރޫއުތަކުގެ މަސައްކަތް ނިމެނޭ މިންވަރަކުން އެ ދަފްތަރުގެ ތަރުތީބުން ބޯހިޔާވެހިކަން ހަވާލުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި އަހަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ގޯތި އަދި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެވެ.

މެދުފަންތީގެ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކުރުމަށް ދެ ސްކީމެއް ހިންގުމަށް ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. މީގެ ތެރެއިން ފުރަތަމަ ސްކީމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށްގެން ލީސް-ޓު-އޯން އުސޫލުން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު މިހާރު 4 މިލިއަން ރުފިޔާގައި ހުރިއިރު، މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 2 މިލިއަނާއި 2.5 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކުމަށް ވަނީ ރޭވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ