ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންކަމަށް އަނެއްކާވެސް ޑރ. އިނާޒް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަނެއްކާވެސް ކުރީގެ ފިނޭންސް މިނިސްޓަރ ޑރ. އަހްމަދު އިނާޒް އައްޔަން ކުރައްވައިފި އެވެ.

މިއީ އޭނާ މި މަގާމަށް އައްޔަންކުރެވުނު ދެވަނަ ދައުރެވެ.

ޕެންޝަން އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ޑރ. އިނާޒް މި މަގާމަށް އައްޔަންކުރެވިފައިވަނީ ޗެއާޕާސަންގެ ދައުރު ޖޫން 19 ގައި ހަމަވާތީ، އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ. އޭނާ ފުރަތަމަ ފަހަރަށް މި މަގާމަށް އައްޔަންކުރެވިފައިވަނީ 2022 ވަނަ އަހަރުގެ ޖޫން 20 ވަނަ ދުވަހު އެވެ.

ތަޢުލީމީ ގޮތުން ޑރ. އިނާޒްއަކީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އޯކްލޭންޑްއިން ޑޮކްޓޯރަލް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ޔޫކޭގެ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ އަދި ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވެ އެވެ. އަދި ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރއިން އިކޮނޮމިކްސްގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވެ އެވެ.

ޑރ. އިނާޒްގެ ސަރުކާރުގެ ތަޖުރިބާގެ ތެރޭގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރުގެ އޭޕްރީލް 10 އިން ޑިސެމްބަރ 29 އާ ހަމައަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވުން ހިމެނެ އެވެ. އޭގެކުރިން އެ ސަރުކާރުގައި ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަންވެސް އަދާކުރެއްވި އެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފައުންޑިން މެންބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވެ އެވެ.

ޕެންޝަން އޮފިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ