ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކުގެ އެޑްވާންސް ފައިސާ ޕެންޝަން ފަންޑުން ދެއްކޭނެ ގޮތް ހަދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ އެޑްވާންސް ފައިސާ، ޕެންޝަން ފަންޑް ބޭނުންކޮށްގެން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މަސައްކަތް ފަށައިފި އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވީ، މި އިންތިޒާމް ހަމަޖެއްސުމަށް ޕެންޝަން އޮފީހާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މި އިންތިޒާމުގެ ދަށުން ޕެންޝަން ފަންޑުގައި ފައިސާ ހުރި ފަރާތްތަކަށް އެ ފަންޑް ބޭނުންކޮށްގެން ފްލެޓްތަކުގެ ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެޑްވާންސް ފައިސާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ފައިސާ ދެއްކުމުން ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ. އެހެންނަމަވެސް ފްލެޓްތަކަށް ބަދަލުވުމުގެ ހުއްދަ ދޫކުރެވޭނީ ފެނާއި ކަރަންޓް ފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަވުމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި މަސައްކަތްތައް ފުރިހަމަކޮށް، އެޑްވާންސް ފައިސާ ދައްކާ ފަރާތްތަކަށް ފްލެޓްތަކަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 އެޕާޓްމަންޓުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާގެ އެޑްވާންސް އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާގެ އެޑްވާންސް ދައްކަންޖެހެ އެވެ.

ސަބްސިޑީ ނުލާ 2 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް ޖެހެނީ 9،000 ރުފިޔާ އެވެ. އަދި 3 ކޮޓަރީގެ އެޕާޓްމެންޓަކަށް ޖެހެނީ 13،000 ރުފިޔާ އެވެ. ސަބްސިޑީ ލައިގެން ކުއްޔަށް ބޮޑު ލުޔެއް ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދެ ކޮޓަރީގެ ޔުނިޓަކަށް ދައްކަންޖެހޭނީ 7,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓަކަށް 9,000 ރުފިޔާ އެވެ.

ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުން ވެވޭނީ 25 އަހަރުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ ފުރިހަމައަށް ދެއްކުމުން ފްލެޓް މިލްކުވެގެންދާނެ އެވެ.

ހަމްދާން ޝަކީލް ގެދޮރުވެރިޔާ ސްކީމް ޕެންޝަން އޮފިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ