2024 ވަނަ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކުރި

Advertisement

އެންމެ ފަސް

Advertisement

ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދައުލަތުން އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޝާއިޢުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އަސާސީ ޕެންޝަނަށް ދައުލަތުން ކުރި ހޭދަވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރު އަސާސީ ޕެންޝަނަށް 1،229،378،254 ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ 1،320،319،233 ރުފިޔާ އެވެ.

ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި، 2024 ވަނަ އަހަރު އަސާސީ ޕެންޝަނަށް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ޑިސެންބަރު މަހުގަ އެވެ. މިގޮތުން އެ މަހު އަސާސީ ޕެންޝަންގެ ގޮތުގައި 112،327،593 ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އަސާސީ ޕެންޝަނަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޕެންޝަނެކެވެ. މި ސްކީމުގެ މައިގަނޑު އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި ކުރިން އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށީގެންވާ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް، އުމުރުން 65 އަހަރު ފުރުމުން އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ޕެންޝަން އޮފިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ