ތުޅާދޫގައި ރޯގާ ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބ. ތުޅާދޫގައި ރޯގާ އާއި ޑެންގޫ ހަލުވިކަމާއެކު ފެތުރެމުންދާތީ، ރައްޔިތުން ގޭގައި ތިބުމަށާއި، ކޮންމެހެން ބޭނުން ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ތުޅާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެރަށުގައި ރޯގާ އާއި ޑެންގޫ ފެތުރެމުންދާ މިންވަރު އަވަސް ދުވެއްޔެއްގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެ އެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުން ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އެ ކައުންސިލުން ވަނީ އިރުޝާދު ދީފަ އެވެ.

މީގެއިތުރުން، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީމަރުކަޒުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވަކި އެންގުމަކާ ހަމައަށް ފުޓްސަލް ދަނޑު ބޭނުންނުކުރުމަށްވެސް އެ ކައުންސިލުން ވަނީ އަންގާފަ އެވެ.

ކައުންސިލުގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ފުޓްސަލް ދަނޑު ބަންދުކުރުމަށް ނިންމާފައިވަނީ އެ ސަރަހައްދުގައި ކުނިކޮށި ހުރުމުގެ ސަބަބުންނާއި، އެ ސަރަހައްދުގައި ގިނަ އަދަދަކަށް މަދިރި އާއި މަދިރިފަނި އާލާވާކަން ފާހަގަކުރެވިފައިވާތީ، ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އާންމުންނަށް ގޮވާލާފަ އެވެ.

ބ. ތުޅާދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ