ތުޅާދޫ އެއާޕޯޓު އަޅަން ބިން ހިއްކަން މި ފަހަރު އެމްޓީސީސީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސަރުކާރާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ޖަމްޝީދެވެ.

ތުޅާދޫގައި އެއާޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. މިގޮތުން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ވަނީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

ކުރިން މި މަޝްރޫ ހަވާލުކޮށްފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނުން ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްފަހު، އެ މަސައްކަތް ހުއްޓާލާފައިވާއިރު، މަސައްކަތަށް ގެނައި އާލާތްތައްވެސް ވަނީ ރަށުން ގެންގޮސްފައެވެ. އޭރު ތުޅާދޫ ހިމެނޭހެން ށ. ބިލެތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރިއިރު، އެ މަސައްކަތްތަކަށް 42 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ) ހަރަދުވާނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖޭގެ ނިސްބަތުން ފަޅު ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ތުޅާދޫގައި އެއަރޕޯޓެއް ގާއިމުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެކެވެ. މި މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި އަހަރަށް ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓްގައި ތުޅާދޫގެ ނަން ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ތުޅާދޫ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ