ކުރި ސަރުކާރުން ހެދި އީއައިއޭ ބަދަލުކޮށް ބ. ތުޅާދޫ އެއަރޕޯޓްއަށް ބިން ހިއްކަން ފަޅުބޭރުން ވެލިނުނަގާ ބ އަތޮޅުތެރެއިން ވެލި ނަގަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، ބ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރަށްވަމުން ގެނދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅުގެ ތުޅާދޫއަށް ވަދައިގެން އެ ރަށުގެ ރަށްޔިތުންނާއި ބައއްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އޭރުގައި ފާސްކޮށްފައިއޮތް އީއައިއޭ އަށް މަސައްކަތްފެށި ކަމަށާއި އެހެންނަމަވެސް އެއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އެ އީއައިއޭގައި އޮތީ ފަޅުތެރެއިން ވެލި ނަގައިގެން ކަޓާ ސެކްޝަން ރެޖިން ކޮންސެޕްޓްގައި މަސައްކަތްކުރާ ގޮތަށް ފާސްކޮސްފައިވާ ކަމަށާއި، ރަށަށް ބޭނުންވާ ބިންހިއްކުމާއި އެއައަރޕޯޓަށް ބިންހިއްކުމުގެ މަޝްރޫއުވެސް އޮތީ އެގޮތަށް ބިންހިއްކާގޮތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެން މި މަސައްކަތް ފަށަނީ އެ އީއައިއޭއަށް ބިނާކޮށް، އެހެންނަމަވެސް މި މަޝްރޫއު އަޅުގަނޑުމެން މި އޮތީ ގާތްގަނޑަކަށް 600 އެއްހާ ދުވަސް ހޭދަވާ މަޝްރޫއެއްގޮތަށް، އަޅުގަނޑުމެން ގެންނާނެ ބަދަލަކީ މަޝްރޫއު ފެށިގެންދާ ދިއުމުގެ ތެރޭގައި ފަޅުން ބޭރުން އެހެންތާކުން ވެލިނަގައިގެން ކޮޕާ ޑްރެޖާ ބޭނުންކޮށްގެން ވެލިނަގާ ގޮތަށް ބަދަލުކުރުން.“
އޭގެ ނަތީޖާއަކަށްވާނީ ފަޅުތެރެއިން ވެލިނެގުން ހުއްޓުމަކަށް އައުން ކަމަށާއި، މަޝްރޫއު އެތަށް ތަނަކުން އަވަސްވެގެން ދިއުންކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި، މި ބަދަލުގެންނާނެ ކަމަށެވެ. އެ މަޝްރޫއު ބަދަލާއި އެގޮތަށް ނިމިގެންދާނެ ކަމަށެވެ.



