އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އެކަކު ރާއްޖެ އިން މަރުވުމުން ފިޔަވަޅުތައް ވަރުގަދަކުރަނީ

Advertisement

އެންމެ ފަސް

Advertisement

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެއިތުރުން ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ނަމަވެސް ބަލީގައި މީހަކު މަރުވިކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.

”ޖަވިޔަނި“ އަށް އެނގިފައިވާ ގޮތުގައި ބަލީގައި މިހާތަނަށް ރާއްޖެއިން އެއް ޒުވާނަކު ވަނީ މަރުވެފަ އެވެ. އަދި އެއީ މެލޭޝިޔާއިން ރާއްޖެ އައި ޒުވާނެއްކަމަށްވެ އެވެ. އެ ޒުވާނާ ރާއްޖެ އައިއިރުވެސް ހުރީ ވަރަށް ހުންގަދަވެފަކަމަށްވެ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޒުވާނާ މަރުވިކަމަށްވެ އެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. މީގެކުރިން ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރުކޮށް އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން އެކަށީގެންވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލި: ނުރައްކާތެރި އަދި ފުރާނައަށް ގެއްލުން ލިބިދާނެ ބައްޔެއް

ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ