ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ މީހަކު ގޮޑުދޮށުގައި ނިޔާވެފައި އޮށްވާ ފެނިއްޖެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ގަމު ކައުންސިލްގެ ރައީސް އަހްމަަދު ޒަކީ ވިދާޅުވީ މަސް ހިފަން ގޮސް ހުއްޓާ ގެއްލުމުން، ހޯދަމުން ދަނިކޮށް މަރުވެފައި އޮށްވާ ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ އަބުދުލްސަމަދު މުހައްމަދު (ސަމަދު) ނަމަކަށްކިޔާ އެ ތުނޑީ އަވަށު މީހެކެވެ. ސަމަދަކީ އުމުރުން 60 އަހަރުން މަތީގެ މީހެކެވެ.
ޒަކީ އިތުރަށް ވިދާޅުވީ އެ މީހާ ގޮނޑުދޮށުގައި ނިޔާވެފައި އޮއްވާ ފެނިގެން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރެވެމުން ދަނީ މަރު ސާބިތު ކުރުމުގެ މަސައްކަތް ކަމަށެވެ.