ގަމަށް ބަދަލުވި މީހުންނަށް ސަރުކާރުން ދޭނަމޭ ބުނެފައިވާ 50000 ރުފިޔާ ދޭނަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ސުނާމީ ކާރިސާއާ ގުޅިގެން ލ. ގަމަށް ބަދަލުވި މުންޑޫ އަދި ކަޅައިދޫ މީހުންނަށް ބަދަލެއްގެ ގޮތުން ދޭން ޖެހޭ 50،000 ރުފިޔާ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަމު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ގޮތުގައި، މި ފައިސާ ދިނުމަށް ބޭނުންވާ ބަޖެޓް މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި މި ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފައިސާ ދެއްވާ ހަލާސްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

”ދާދި އަވަހަށް ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް ބޭނުންވާ މައުލޫމާތުތައް ހޯދައި، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމްލަ 8.45 މިލިއަން ރުފިޔާ، ހައްގުވެރީންގެ އެކައުންޓްތަކަށް ޖަމާ ކުރާނަން،“ ރައީސް ވިދާޅުވި އެވެ.

މި ފައިސާ ހޯދުމަށް މިހާތަނަށް 165 މީހުން ލިޔެކިޔުންތައް ހުށަހަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މި ފައިސާ ދިނުމަށް ނިންމާފައިވަނީ ކުރީގެ ސަރުކާރުން ކަމަށާއި، މި ފައިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާލި ނަމަވެސް، ފަހުން އެކަން ވަނީ ހުއްޓިފައިކަން ފާހަގަކުރެވެ އެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ގަމަށް ބަދަލުވި ފަރާތްތަކަށް މި ފައިސާ ލިބުމަކީ އެ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ބަލަމުން އައި ކަމެކެވެ. މިހާރު ސަރުކާރުން މި ފައިސާ ދޭނެކަން އިއުލާނުކުރުމާއެކު، އެ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ.ގަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ