ސަރުކާރުގެ ގިނަ މަޝްރޫތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގާ ކޮންސްޓްރަކްޝަން ދާއިރާގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، މިސްކިތްތައް ހިމެނޭ ކަމަށެވެ. އަދި މި މަޝްރޫޢުތައް ކުދި އަދި މެދު ފަންތީގެ ކުންފުނިތަކާއި އަދި ބައެއް  ބޮޑެތި ކުންފުނިތަކާ ހަވާލުކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 2.3 ބިލިއަން ރުފިޔާ ވެސް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ދައްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އޭރަށް ވެސް ދިވެހި އެތައް ރައްޔިތުންނެއްގެ ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމަ އެތައް ރައްޔިތުންނެއް މުއްސަނދި ވެގެން ދާނެ،“ ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދެވަނަ ނުވަތަ ތިންވަނަ އެންމެ ބޮޑު ސިނާޢަތަކީ އިމާރާތްކުރުމުގެ ސިނާޢަތް ކަމަށާއި، ކުރީގެ ސިޔާސަތުތަކުގެ ސަބަބުން މި ސިނާޢަތް އޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ސަރުކާރުން ފައިސާ ޗާޕުކުރުމެއް ނެތި، ރައްޔިތުން ތަނަވަސްކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި މަހުގެ ދެވަނަ ދުވަހު ރައީސް ވަނީ ފަސް ހަފުތާގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ބިލުތައް ދައްކާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ފައިސާ ދެއްކުމުގައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ.ގަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ