ޓެގްއަޅުވައި، ވާނުވާ ބަންދުން މީހުން ދޫކުރަން ފެށުމުން އެކަމުގެ ކްރެޑިޓް ނަގަން އިމްރާން މަސައްކަތް ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތިބި މީހުންގެ ތެރެއިން ބަންދުން ދޫކުރެވޭނެ މީހުން، ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރަން ފެށުމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަމުގެ ކްރެޑިޓް ނެންގެވުމަށް މަސައްކަތް ކުރައްވައިފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތިބި މީހުންގެ ތެރެއިން ދެ މީހަކު ޓެގު އެޅުވުމަށްފަހު އިއްޔެ ވަނީ ދޫކޮށްލާފަ އެވެ. އަދި އިތުރު 5 މީހުން ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަށް މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކުރައްވާފަ އެވެ.

މިކަމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވި އިމްރާން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިލެކްޓްރޯނިކް މޮނިޓަރިންގް ޓެގްގެ ނިޒާމަކީ ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ޤާއިމް ކުރި ނިޒާމެއް ކަމަށެވެ.

”އެ ނިޒާމް ޤާއިމް ކުރީ ބޮޑެތި ކުށްކުރާމީހުންގެ ތެރޭގައި ހިމެނޭ، ރައީސުލްޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިއްޕުޅާވާ ބޭފުޅުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބާކަށް ނޫން. ތިޔަ ހައްދަނީ ވަރަށްބޮޑު ގޯހެއް. ހުރިހާ ރައްޔިތުން ތިޔަ ވައްޓަވާލައްވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް. ތިޔަ އުޅުއްވަނީ ކޮންބައެއް ދޫކޮށްލައްވަންކަން އަޅުގަނޑުމެނަށް އެނގޭ.“ އިމްރާން ވިދާޅުވި އެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގް ޓެގްގެ ނިޒާމަކީ ކުރީ ސަރުކާރުން ގާއިމުކުރި ނިޒާމެއް ކަމަށް އިމްރާން ވިދާޅުވި ނަމަވެސް ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބެއްލެވުމުގެ ދަށުންނެވެ.

ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ”ވާނުވާ“ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރިނަމަވެސް އެކަމަށް އެންމެ އެކަށޭނަ ހައްލެއް ހޯދިފައެއް ނުވެ އެވެ.

އިމްރާން އަބްދުﷲ ވާނުވާ ބަންދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ